ގދ. ތިނަދޫ އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމުގެ ތިންވަނަ ޙަރަކާތް، މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. މި ޙަރަކާތުގެ ދަށުން، ގދ. ތިނަދޫ ޕްރައިމަރީ އަދި ޕްރީ ސްކޫލުތަކުގެ ލައިބްރަރީއަށާއި، ތިނަދޫ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ލައިބްރަރީއަށް ވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ. މި މުހިންމު ޙަރަކާތުގައި ސްކޫލުގެ ސްޕާކްލިންގ ޔުނިޓާއި، ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި، މުދައްރިސުންގެ ބައިވެރިވެފައިވޭއެވެ.
އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިއަށް ގެންދާ 'އިޖްތިމާޢީ ޚިދުމަތުގެ' މި ޕްރޮގްރާމަކީ، ދަރިވަރުންގެ ހިތްތަކުގައި އިޖްތިމާޢީ ރޫޙު އާލާކޮށް، މުޖުތަމަޢަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ
