ސްޓާރ އައުޓިންގ 2026" ކާމިޔާބުކަމާއެކު ނިންމާލައިފި"
ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް، އަންހެންކުދިން އިސްނަގައިގެން ކުރާ މަސައްކަތް (ޖީ.އެލް.އޭ.ސީ.ސީ) ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސްޓާރ އައުޓިންގ 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ
މި ހަރަކާތަކީ ގަރލްގައިޑް އެސޯސިއޭޝަންގެ އެންމެ ހަނގު ޢުމުރުފުރާ، ކަމަށްވާ ޢުމުރުން 5 އަހަރާއި 7 އަހަރާ ދެމެދުގެ ސްޓާރސް ކުދިންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި ބޭއްވުނު ޚާއްޞަ ކޭމްޕެކެވެ
މި ނޮވެމްބަރު މަހުގެ 21 ވީ ހޮނިހިރު ދުވަހު ބޭއްވި މި ކޭމްޕް ކުރިއަށް ގޮސްފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 ށް، (ޖުމްލަ 8 ގަޑިއިރު) އަށެވެ. މި ކޭމްޕުގެ އެންމެހައި ޙަރަކާތްތައް ފަރުމާކޮށް ރާވާފައިވަނީ "ސްޓާރ އެކްޓިވިޓީ ޕެކް – ދިވެހިރާއްޖޭގެ އެޑިޝަން" ގައި ހިމެނޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށެވެ
މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭލުންތެރިވުމަށް، ޅަފަތުގައި ކުދިންގެ ހިތްތަކުގައި ލޯބި ޖެހި، މުސްތަޤުބަލުގައި ޒިންމާދާރު ރައްޔިތުންތަކެއްގެ ގޮތުގައި އެކުދިން ބޮޑެތިވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ
މި އައުޓިންގގައި ސްޓާރ އުމުރުފުރާގެ ޖުމްލަ 24 ދަރިވަރުން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވި ކުދިންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދެއްވުމުގައި ގަރލްގައިޑްގެ 11 ލީޑަރުންގެ އިތުރުން 3 ޔަންގް ލީޑަރުން (ވައި.އެލް) ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވެއެވެ. ކޭމްޕުގެ އެންމެހައި ކަންކަން ވިލަރެސްކުރައްވައި، އޯވަރއޯލް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މި ސްކޫލުގެ ލީޑިންގ ޓީޗަރނާޖިޔާ ޒާހިރެވެ
