• ކޮމިއުނިޓީ ސަރވިސް ޙަރަކާތް 2025

        • 23/7/2025
        •  

          އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ދެވަނަ ޙަރަކާތް، ޖުލައި މަހުގެ 13 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި، ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ވަނީ ރަށުގެ ބައެއް ސަރަހައްދުތައް ކުނިކަހާ ސާފު ކޮށްފައެވެ. މިގޮތުން  ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން ތިނަދޫ ޓްރެކް ބީޗްގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ނަގައި ސާފުކޮށްފައި ވެއެވެ

          މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ޚިދުމަތްކުރުމުގެ ޝައުޤު، ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމާއި، މުޖުތަމަޢުއަށް އެހީތެރިވުމުގެ މުހިންމުކަން އަންގައިދިނުމެވެ. މި ޙަރަކާތުގައި، ސްކޫލުގެ ސްޕާކްލިންގ ޔުނިޓް، ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.

          އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'އިޖުތިމާޢީ ޚިދުމަތުގެ' ޕްރޮގްރާމުގެ ތެރެއިން މިފަދަ އިތުރު ޙަރަކާތްތައް މިއަހަރުގެ ދެވަނަ ޓާރމުގައިވެސް ރޭވިފައިވޭއެވެ. މިއީ، ދަރިވަރުންގެ ކަރިކިއުލަމުގައި ވާ ފަދައިން، ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ވަރަށް މުހިއްމު އެހައިމެ ބޭނުންތެރި ކަމެކެވެ.

      • Login