Main Page
News
ގދ ތިނަދޫ އަބޫބަކުރު ސްކޫލުން ކޮމިއުނިޓީ ސަރވިސް ޕްރޮގްރާމުގެ ތިންވަނަ ޙަރަކާތް ކާމިޔާބީއާއެކު ނިންމާލައިފި
27ގދ. ތިނަދޫ އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމުގެ ތިންވަނަ ޙަރަކާތް، މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. މި ޙަރަކާތުގެ ދަށުން، ގދ. ތިނަދޫ ޕްރައިމަރީ އަދި ޕްރީ ސްކޫލުތަކުގެ ލައިބްރަރީއަށާއި، ތިނަދޫ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ލައިބްރަރީއަށް ވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ. މި މުހިންމު ޙަރަކާތުގައި ސްކޫލުގެ ސްޕާކްލިންގ ޔުނިޓާއި، ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި، މުދައްރިސުންގެ ބައިވެރިވެފައިވޭއެވެ.
ކޮމިއުނިޓީ ސަރވިސް ޙަރަކާތް 2025
126އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ދެވަނަ ޙަރަކާތް، ޖުލައި މަހުގެ 13 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި، ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ވަނީ ރަށުގެ ބައެއް ސަރަހައްދުތައް ކުނިކަހާ ސާފު ކޮށްފައެވެ. މިގޮތުން ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން ތިނަދޫ ޓްރެކް ބީޗްގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ނަގައި ސާފުކޮށްފައި ވެއެވެ
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ބެލެނިވެރިން އެކުގައި " ފެމިލީ ޑޭ" ފާހަގަކުރުން
18އަބޫބަކުރު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެގެން 'ފެމިލީޑޭ' ފާހަގަކޮށްފިއެވެ. މި އިވެންޓަކީ ވޭތުވެދިޔަ ދެ ހަފުތާގައި ކިޔަވައިދެވުނު "އަހަރެންގެ އާއިލާ" މި ތީމް ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާއާއެކު ތަފާތު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. މި އިވެންޓުގައި ހިމެނުނު ޚާއްޞަ ހަތަރު ޙަރަކާތުގެ ތެރޭގައި ފިރިހެން ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް އިންޓަވަލްގެ ގޮތުގައި ސޭންޑްވިޗް ތައްޔާރުކޮށްދިނުމާއި، ޢާއިލާއާއެކު އިންޓަވަލްގެ ވަގުތު .ހޭދަކުރުން ހިމެނެއެވެ
ރަށުގެ ގޮނޑުދޮށްތަކުގައި ތިބެ ކުޑަކުދިންނަށް ވެއްޔާ ކުޅެވޭނެ ސާމާނު އަބޫބަކުރު ސްކޫލުން ހަދިޔާކޮށްފި
88ގދ. ތިނަދޫ އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ޙަރަކާތް 18 މެއި 2025 - ކުރިޔަށް ގެންދެވުނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ޚިދުމަތްކުރުމުގެ ޝައުޤު، ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމާއި، މުޖުތަމަޢަށް އެހީތެރިވުމުގެ މުހިންމުކަން އަންގައިދިނުމެވެ. މި ޙަރަކާތުގައި، ސްކޫލުގެ ދަރިވަރުން ތިނަދޫގެ ތިން ގޮނޑުދޮށަކަށް ވެއްޔާ ކުޅޭ ސާމާނު ހަދިޔާކޮށްފައިވެއެވެ. މިގޮތުން، ސްކޫލުގެ ކޮންމެ ގްރޭޑަކުންވެސް ވެއްޔާ ކުޅޭ ސާމާނު ގެ ދެ ”ޕެކް" ހަދިޔާކުރިއެވެ. އ
ކޮމިއުނިޓީ ސަރވިސް ޙަރަކާތް ކުރިޔަށް ގެންދިއުން
100އިޖްތިމާޢީ ޚިދުމަތްކުރުމަށް މި ސްކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ޝައުޤު އުފެއްދުމަށްޓަކައި މި ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ " ކޮމިއުނިޓީ ސަރވިސް" ގެ ދެ ޙަރަކާތް، 22 އަދި 23 ޖެނުއަރީ 2025ގައި ކުރިޔަށް ގެންދެވުނެވެ. މި ޙަރަކާތް ކުރިޔަށް ގެންދިޔައީ، ހެޔޮ ގޮތުގައި ކުނި ނައްތާލާނެ ގޮތާބެހޭގޮތުން ތިނަދޫގެ ޢާންމުންނާއި ދަރިވަރުން ހޭލުންތެރިކޮށް، ކުނި ބައިބައިކޮށް ނައްތާލާނެ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ދަސްކޮށްދިނުމުގެ މަޤުޞަދުގައެވެ. މި ސްކޫލާއި 'ވެމްކޯ' ތިނަދޫ ޔުނިޓާއި ގުޅިގެން، ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނާއި ސްކޫލުގެ މުދައްރިސުންނާއި 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން، ރަގަޅު ގޮތުގައި ކުނި ނައްތާލުމަށްޓަކައި ޢަމަލުކުރަން ޖެހޭ ގޮތްތަކާއި، ކުނީގެ ބާވަތްތަކާއި، ކުނީގެ ބާވަތްތައް ވަކިކުރާނޭ ގޮތުގެ މަޢުލޫމާތު ސެޝަންތަކެއް ދަރިވަރުންނަށ
އަބޫބަކުރު ސްކޫލުގެ އަހަރީ ކޭމްޕް – 'ހުޓެވަރާ' 2024
މި ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުންނަށް ބާއްވާ އަހަރީ ކޭމްޕް 'ހުޓެވަރާ' 2024، ނޮވެމްބަރ 23 އަދި 24ގައި ކުރިޔަށް ގެންދެވިފައި ވެއެވެ. މި ސްކޫލުގެ 25 ސްކައުޓުންނާއި، 16 ގާރލް ގައިޑުން، އަދި 71 ކަބް ސްކައުޓުންނާއި 91 ލިޓްލް މެއިޑުންގެ އިތުރުން 32 ސްޓަރ ދަރިވަރުންނާއި، 32 ޕްރީ-ކަބުން ބައިވެރިވި މި ކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުން ދެ ގްރޫޕަކަށް ބަހައިގެންނެވެ. ގދ.ކާޑެއްދޫ އެމް.އެން.ޑީ.އެފް.ސައިޓާއި، އަބޫބަކުރު ސްކޫލުގައި ކުރިޔަށް ގެންދެވުނު މި ކޭމްޕުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ކަސްރަތާއި، ޓީމް ބިލްޑިންގ އަދި ދަރިވަރުން ގަޔާވާފަދަ ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ކުރިޔަށް ގެންދެވުނެވެ.
Bell times
Wed 4/2/2026Photogallery
- no data to display yet
