Aboobakuru School, Thinadhoo
Aboobakuru School, Thinadhoo
ގދ ތިނަދޫ އަބޫބަކުރު ސްކޫލުން ކޮމިއުނިޓީ ސަރވިސް ޕްރޮގްރާމުގެ ތިންވަނަ ޙަރަކާތް ކާމިޔާބީއާއެކު ނިންމާލައިފި
 27
ގދ. ތިނަދޫ އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމުގެ ތިންވަނަ ޙަރަކާތް، މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. މި ޙަރަކާތުގެ ދަށުން، ގދ. ތިނަދޫ ޕްރައިމަރީ އަދި ޕްރީ ސްކޫލުތަކުގެ ލައިބްރަރީއަށާއި، ތިނަދޫ  އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ލައިބްރަރީއަށް ވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ.  މި މުހިންމު ޙަރަކާތުގައި ސްކޫލުގެ ސްޕާކްލިންގ ޔުނިޓާއި، ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި، މުދައްރިސުންގެ ބައިވެރިވެފައިވޭއެވެ.
ކޮމިއުނިޓީ ސަރވިސް ޙަރަކާތް 2025  
 126
އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ދެވަނަ ޙަރަކާތް، ޖުލައި މަހުގެ 13 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި، ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ވަނީ ރަށުގެ ބައެއް ސަރަހައްދުތައް ކުނިކަހާ ސާފު ކޮށްފައެވެ. މިގޮތުން  ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން ތިނަދޫ ޓްރެކް ބީޗްގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ނަގައި ސާފުކޮށްފައި ވެއެވެ
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ޚިދުމަތްކުރުމުގެ ޝައުޤު، ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމާއި، މުޖުތަމަޢުއަށް އެހީތެރިވުމުގެ މުހިންމުކަން އަންގައިދިނުމެވެ. މި ޙަރަކާތުގައި، ސްކޫލުގެ ސްޕާކްލިންގ ޔުނިޓް، ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.
    ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ބެލެނިވެރިން އެކުގައި " ފެމިލީ ޑޭ" ފާހަގަކުރުން 
 18
އަބޫބަކުރު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެގެން 'ފެމިލީޑޭ' ފާހަގަކޮށްފިއެވެ. މި އިވެންޓަކީ ވޭތުވެދިޔަ ދެ ހަފުތާގައި ކިޔަވައިދެވުނު "އަހަރެންގެ އާއިލާ" މި ތީމް ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާއާއެކު ތަފާތު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. މި އިވެންޓުގައި ހިމެނުނު ޚާއްޞަ ހަތަރު ޙަރަކާތުގެ ތެރޭގައި ފިރިހެން ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް އިންޓަވަލްގެ ގޮތުގައި ސޭންޑްވިޗް ތައްޔާރުކޮށްދިނުމާއި، ޢާއިލާއާއެކު އިންޓަވަލްގެ ވަގުތު .ހޭދަކުރުން ހިމެނެއެވެ
 ރަށުގެ ގޮނޑުދޮށްތަކުގައި ތިބެ ކުޑަކުދިންނަށް ވެއްޔާ ކުޅެވޭނެ ސާމާނު އަބޫބަކުރު ސްކޫލުން ހަދިޔާކޮށްފި
 88
ގދ. ތިނަދޫ  އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ޙަރަކާތް 18 މެއި  2025 - ކުރިޔަށް ގެންދެވުނެވެ.  މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ޚިދުމަތްކުރުމުގެ ޝައުޤު، ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމާއި، މުޖުތަމަޢަށް އެހީތެރިވުމުގެ މުހިންމުކަން އަންގައިދިނުމެވެ.  މި ޙަރަކާތުގައި، ސްކޫލުގެ ދަރިވަރުން ތިނަދޫގެ ތިން ގޮނޑުދޮށަކަށް ވެއްޔާ ކުޅޭ ސާމާނު ހަދިޔާކޮށްފައިވެއެވެ. މިގޮތުން، ސްކޫލުގެ ކޮންމެ ގްރޭޑަކުންވެސް ވެއްޔާ ކުޅޭ ސާމާނު ގެ ދެ ”ޕެކް" ހަދިޔާކުރިއެވެ. އ
             ކޮމިއުނިޓީ ސަރވިސް ޙަރަކާތް ކުރިޔަށް ގެންދިއުން
 100
އިޖްތިމާޢީ ޚިދުމަތްކުރުމަށް މި ސްކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ޝައުޤު އުފެއްދުމަށްޓަކައި މި ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ " ކޮމިއުނިޓީ ސަރވިސް" ގެ ދެ ޙަރަކާތް، 22 އަދި 23 ޖެނުއަރީ 2025ގައި ކުރިޔަށް ގެންދެވުނެވެ.  މި ޙަރަކާތް ކުރިޔަށް ގެންދިޔައީ، ހެޔޮ ގޮތުގައި ކުނި ނައްތާލާނެ ގޮތާބެހޭގޮތުން ތިނަދޫގެ ޢާންމުންނާއި ދަރިވަރުން ހޭލުންތެރިކޮށް، ކުނި ބައިބައިކޮށް ނައްތާލާނެ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ދަސްކޮށްދިނުމުގެ މަޤުޞަދުގައެވެ.   މި ސްކޫލާއި 'ވެމްކޯ' ތިނަދޫ ޔުނިޓާއި ގުޅިގެން، ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނާއި ސްކޫލުގެ މުދައްރިސުންނާއި 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން، ރަގަޅު ގޮތުގައި ކުނި ނައްތާލުމަށްޓަކައި ޢަމަލުކުރަން ޖެހޭ ގޮތްތަކާއި، ކުނީގެ ބާވަތްތަކާއި، ކުނީގެ ބާވަތްތައް ވަކިކުރާނޭ ގޮތުގެ މަޢުލޫމާތު ސެޝަންތަކެއް ދަރިވަރުންނަށް ގެންދެވުނެވެ.  އެކި ކީ ސްޓޭޖްތަކަށް ވަކިވަކިން ކުރިޔަށް ގެންދިޔަ މި ސެޝަންތައް ނަންގަވައި ދެއްވީ 'ވެމްކޯ' ތިނަދޫގެ މުއައްޒަފުންނެވެ   
         އަބޫބަކުރު ސްކޫލުގެ އަހަރީ ކޭމްޕް – 'ހުޓެވަރާ' 2024 
މި ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުންނަށް ބާއްވާ އަހަރީ ކޭމްޕް 'ހުޓެވަރާ' 2024، ނޮވެމްބަރ 23 އަދި 24ގައި ކުރިޔަށް ގެންދެވިފައި ވެއެވެ. މި ސްކޫލުގެ 25 ސްކައުޓުންނާއި، 16 ގާރލް ގައިޑުން، އަދި 71 ކަބް ސްކައުޓުންނާއި 91 ލިޓްލް މެއިޑުންގެ އިތުރުން 32 ސްޓަރ ދަރިވަރުންނާއި، 32 ޕްރީ-ކަބުން ބައިވެރިވި މި ކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުން ދެ ގްރޫޕަކަށް ބަހައިގެންނެވެ.  ގދ.ކާޑެއްދޫ އެމް.އެން.ޑީ.އެފް.ސައިޓާއި، އަބޫބަކުރު ސްކޫލުގައި ކުރިޔަށް ގެންދެވުނު މި ކޭމްޕުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ކަސްރަތާއި، ޓީމް ބިލްޑިންގ އަދި ދަރިވަރުން ގަޔާވާފަދަ ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ކުރިޔަށް ގެންދެވުނެވެ.  
ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ ޑަބުލިއު.ޑީ.ސީގެ ފަރާތުން އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާ ކުރުން
 112
އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާކުރުން
އަބޫބަކުރު ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.  މި ލެޕްޓޮޕްތައް ޙަވާލުކުރެއްވީ 21 ނޮވެމްބަރ 2024ގައި ސްކޫލުގައި އޮތް ޚާއްޞަ އެސެމްބްލީގައި ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީއާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބް ރައީސް ޢާދިލާ މުޙައްމަދު ރަޝީދެވެ.  ސްކޫލުން، މި ލެޕްޓޮޕްތަކާ ޙަވާލުވީ، ޕްރިންސިޕަލް މުޙައްމަދު ޢަޖީބެވެ.  
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް 2024 ފާހަގަ ކުރުން
ސިކާރަން މާހެފުން 1443
    		<description>މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުން މި ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. "ސިކާރަން މާހެފުން" މިނަމުގައި ކުރިއަށްގެންދާ މި ޙަރަކާތަކީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވަމުން އަންނަ ޙަރަކާތެކެވެ. މި ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވި މި ޙަރަކާތް އޮތީ 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުއެވެ. ދުވަހުގެ މެންދުރު ވަގުތު ބޭއްވުނު "ސިކާރަން މާހެފުމުގައި"، ޢާއްމުކޮށް މާހެފުމުގައި ބޭނުންކުރާ ކާބޯތަކެތީގެ ރަހަބަލާލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. 
އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް 2022
    		<description>ކޮންމެ އަހަރެއްގެ އޭޕްރީލް 2 ވަނަ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދަނީ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރާ ދުވަހުގެ ޝިޢާރަކީ “Inclusive Quality Education for All” އެވެ. މި އަހަރުގެ އޯޓިޒަމް ދުވަސް މި ސްކޫލުގައި ފާހަގަކޮށްފައިވަނީ 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ގެންދެވުނު މުހިއްމު އެއް ޙަރަކާތަކީ ދުވަހާ ގުޅިގެން ބޭއްވުނު ޚާއްޞަ އެސެމްބްލީއެވެ. މި އެސެމްބްލީ ހުށަހަޅައިދިނީ ގްރޭޑް 3 ސީގެ ދަރިވަރުންނެވެ. މި އެސެމްބްލީގައި އޯޓިޒަމާ ބެހޭގޮތުން ދަރިވަރުން ވާހަކަދެއްކުމުގެ އިތުރުން ދުވަހާ ގުޅޭ ސްޓޭޖް ޑްރާމާއަކާއި ލަވައެއް ހުށަހަޅައިދީފައިވެއެވެ. މިއިން ކޮންމެ ހުށަހެޅުމެއްގައިވެސް އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މެސެޖްތަކެއް ދީފައިވެއެވެ. މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސިޕަލް ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަދެއްކެވިއެވެ. މީގެއިތުރުން،  ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންގެ ވަރަށް ފުރިހަމަ ޙަރަކާތެއް ފެނިގެން ގޮސްފައިވެއެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް 2022
    		<description>މި އަހަރުގެ ދުޅަހެޔޮ ހަށިހެޔޮ ދުވަސް މި ސްކޫލުގައި ފާހަގަކޮށްފިއެވެ. 31 މާރިޗު 2022 ވީ ބުރާސްފަތިދުވަހު ފާހަގަކުރި މިދުވަހުގެ ޕްރޮގްރާމްތައް ފެށިގެން އައީ ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. މަސްޖިދުއްސަލާމްގައި ކުރެވުނު ފަތިސް ނަމާދުގައި މި ސްކޫލުގެ ގިނަ ޢަދަދެއްގެ ފިރިހެން ދަރިވަރުނާއި ޓީޗަރުންގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ވެސް ބައިވެރިވެލެއްވިއެވެ.
ދުވަހުގެ ދެވަނަ ޙަރަކާތަކަށް އޮތީ ދުވުމާއި ކަސްރަތެވެ. ހެނދުނު 06:00 އިން 06:30 އަށް ގެންދެވުނު މި ޙަރަކާތުގައި ބައިވެރިވެފައިވަނީ ކީ ސްޓޭޖް 2 ގެ ދަރިވަރުންނެވެ. މި ޙަރަކާތުގައި ސްކޫލުގެ ޕްރިންސިޕަލާއި ސްޕޯޓްސް ސުޕަވައިޒަރ ބައިވެރިވެލެއްވިއެވެ. ދުވުމާއި ކަސްރަތު އޮތީ ސްކޫލުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ތިނަދޫ ޓާރފް ދަނޑުގައެވެ.
ސްޕޯރޓްސް ފިއެސްޓަރ 2022
    		<description>މިސްކޫލުގެ "ސްޕޯރޓްސް ފިއެސްޓަރ 2022" މާރިޗު 23 އިން 26 އަށް ކުރިއަށް ގެންގޮސްފިއެވެ. ކޮވިޑް 19 ގެ ޢާލަމީ ވަބާއަށްފަހު ދަރިވަރުންނަށް ބޭއްވުނު ކުޅިވަރުގެ މި ޙަރަކާތް ފެށުމުގެ ގޮތުން މާރިޗު 23 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ފައުންޑޭޝަން ސްޓޭޖް އަދި ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންގެ ސްޕޯރޓްސް މީޓެވެ. މާރިޗު 24 އިން 26 އަށް ކުރިއަށް ދިޔައީ ކީސްޓޭޖް 1 އަދި 2 ގެ ކްލާސްތަކުގެ މެދުގައި ބޭއްވުނު އިންޓަރ ކްލާސް ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތެވެ. ހޭންޑްބޯލް މުބާރާތުގައި 190 އަންހެން ދަރިވަރުން ބައިވެރިވެފައި ވާއިރު ފުޓްސަލް މުބާރާތުގައި 161 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް 2022
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް 2022
    		<description>ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް 21 މާރިޗު 2022 ގައި މި ސްކޫލުގައި ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށް 21 މާރިޗު ވީ ހޯމަދުވަހު ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ސްކޫލަށް ޙާޒިރުވެފައިވަނީ ދެ ކުލައިގެ ނުވަތަ ދެ ޑިޒައިންގެ 2 އިސްޓާކީނަށް އަރައިގެންނެވެ. 
މީގެ އިތުރުން ކޮންމެ ދަރިވަރަކުވެސް ތަފާތު ޑިޒައިން ދައްކުވައިދޭ ގޮތަށް، ކަރުދާހުގައި އިސްޓާކީނެއް ތައްޔާރުކޮށް، އެކަމަށް ޚާއްޞަކޮށް ބެހެއްޓިފައިވާ ބޯޑުތަކުގައި ހަރުކޮށްފައިވެއެވެ. ކޮންމެ ދަރިވަރަކުވެސް އިސްޓާކީން ތައްޔާރުކޮށްފައިވަނީ ދުވަހާގުޅޭ ޚާއްޞަ މެސެޖަކާއެކުގައެވެ. 
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް 2022
    		<description>ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް މިސްކޫލުގެ "ސްޓާރސް"، "ލިޓްލްމެއިޑްސް" އަދި "ގާރލްގައިޑް" ދަރިވަރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މާރިޗު 19 އަދި 22 ގައި ޖުމްލަ 5 "އެކްޓިވިޓީ" އެއް ކުރިއަށް ގެންދެވުނެވެ. މި 5 އެކްޓިވިޓީ ނިންމައިގެން "އައި.ޑަބްލިއު.ޑީ" ބެޖް ޙާޞިލުވާ ގޮތަށް ކުރިއަށްގެންދެވުނު މި ޙަރަކާތްތަށް ފުރިހަމަކޮށްގެން 135 ދަރިވަރަކު "އައި.ޑަބްލިއު.ޑީ" ބެޖް ޙާޞިލުކޮށްފައިވެއެވެ. 
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިސްކޫލުގައި ކުރިއަށް ގެންދެވުނު ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފަސްޓް ގދ. ޔަންގް ލީޑާރސްގެ އެހީތެރިކަމާއެކު މި ސްކޫލުގެ "ސްޓާރސް"، "ލިޓްލްމެއިޑްސް" އަދި "ގާރލްގައިޑް" ލީޑަރުންނެވެ. 
އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް ފެށުން
    		<description>މި ސްކޫލުގެ އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް 12 މާރިޗު 2022 ވީ ހޮނިހިރުދުވަހު ފަށައިފިއެވެ. ގްރޭޑް 1 އިން 6 ގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މި ޙަރަކާތަކީ ކޮވިޑް 19 ގެ ޢާލަމީ ވަބާގެ ފަހުން މި ސްކޫލުގެ ދަރިވަރުންނަށް ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު ޙަރަކާތެވެ. 
ކުޅިވަރުގެ މި ޙަރަކާތުގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ ސްކޫލްގެ އިތުރުން ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގަ އާއި ތިނަދޫ ކެމްޕަސް ދަނޑުގެ އިތުރުން ތިނަދޫގައި އަލަށް ތަރައްޤީކުރެވުނު ޓާފް ބޮޑު ދަނޑުގައެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާ ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސްގައި، ކުލާސްތަކުގެ ދަރިވަރުންނަށް އެހީތެރިވަނީ ކުޅިވަރުގައި ޙަރަކާތްތެރިވާ ތިނަދޫގެ ޒުވާނުންނާއި ސްކޫލުގެ މުދައްރިސުންގެ އިތުރުން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެވެ.  ޕްރެކްޓިސް ކުރިއަށްދަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 6:00 އަށެވެ. 
ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް 2022
    		<description>ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް މި ސްކޫލުގައި ބޭއްވުނެވެ. 17 ފެބްރުވަރީ 2022 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި އެސެމްބްލީ ހުށަހަޅައިދިނީ ގްރޭޑް 6 އޭގެ ދަރިވަރުންނެވެ. މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ މުހިއްމުކަމާއި ޤައުމީ ތާރީޚު ދިރާސާކޮށް ރައްކާތެރިކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައި ދަރިވަރުން ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިއްމު ޝަޚްޞިއްޔަތުންގެ ތެރެއިން "ދޮންބަނޑާރައިންގެ ޖިހާދު" އަށް މިޔުޒިކަލް ޑްރާމާއެއް ދަރިވަރުން ތަމްސީލުކޮށްދީފައިވެއެވެ.   
"ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" 2022
    		<description>ކޮންމެ އަހަރެއްގެ ފެބްރުވަރީ 22 ފާހަގަ ކުރަމުން އަންނަނީ "ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތަކެއް، 8 މާރިޗް 2022 ވީ އަންގާރަ ދުވަހު، މިސްކޫލްގެ ޔުނިފޯރމް ޙަރަކާތުގައި ބައިވެރިވާ އަންހެން އަދި ފިރިހެން ދަރިވަރުން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ. 
"ވޯލްޑް ފައުންޑާސް ޑޭ" ފާހަގަކުރުމުގެ ގޮތުން މި ސްކޫލުގެ ސްކައުޓް ދަރިވަރުންނާއި ޓީޗަރުން ވަނީ ގދ. ތިނަދޫ އިރުއުތުރު ފަރާތު މޫދަށް އެރޭ ސަރަޙައްދުގެ އަތިރިމަތި ސާފުކޮށް ގިނަ ޢަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު އަދި ދަޅާއި ފުޅި ފަދަ ތަކެތި އެތަނުން ނަގާފައެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ ކައުންސިލާ ގުޅިގެންނެވެ. މި ޙަރަކާތުގައި ކައުންސިލްގެ ރައިސާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ 2 މެމްބަރުން ޢަމަލީގޮތުން ބައިވެރިވެފައި ވެއެވެ.
އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވަރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 2022  
    		<description>އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވާރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 3 މާރިޗު 2022ގައި އަބޫބަކުރު ސްކޫލުގެ ހޯލުގައި ބޭއްވިއްޖެއެވެ.  މި ރަސްމިއްޔާތުގައި 2022ވަނަ އަހަރަށް ސްކޫލުގެ 39 ޕްރިފެކްޓުންނާއި 19 ސީނިއަރ ޕްރިފެކްޓުން އަދި ސްކޫލުގެ ދަރިވަރު އިސްވާރުންގެ މަޤާމްތަކަށް ދަރިވަރުން ޢައްޔަން ކުރެވުނެވެ.  މިގޮތުން ޢައްޔަންކުރެވުނު ދަރިވަރުންނަކީ:-
ޢާއިޝަތު ރުދައިނާ ރަފީޢު   -             ސްކޫލް ކެޕްޓަން
ހަމޫދު މުޙައްމަދު ލަޠީފް        -             ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސް
އުއްމުކުލްޘޫމް މުޙައްމަދު       -             ދަރިވަރުންގެ ޖަމްޢިއްޔާގެ ނާއިބް ރައީސް
ބެލެނިވެރިންގެ ޢާންމު ބައްދަލުވުން
2021، 2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ، ބެލެނިވެރިންގެ ފުރަތަމަ ޢާންމުބައްދަލުވުން 27 ފެބްރުއަރީ 2022 (އާދީއްތަ) ދުވަހުގެ ރޭ 8:30ގައި މި ސްކޫލުގެ ހޯލުގައި ބޭއްވުނެވެ.  މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެވަނަ ޓާމުގައި މި ސްކޫލުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމާއި، ސްކޫލް ހިންގުން ހަރުދަނާ ކުރުމުގެގޮތުން ބެލެނިވެރިންގެ ޚިޔާލު ހޯދުމެވެ.  މީގެއިތުރުން ދަރިވަރުން ހޯދާ ކާމިޔާބީތައް ސްކޫލްތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތު ބެލެނިވެރިންނާ ޙިއްސާކުރުމާއި، އެ ސިޔާސަތު ސްކޫލުގައި ތަންފީޒު ކުރުމަށްޓަކައި، ސްކޫލުން ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމަކީވެސް މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްޞަދެވެ.  
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން
 18
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް އަބޫބަކުރު ސްކޫލުގައި ބޭއްވުނެވެ. މި ޚާއްޞަ އެސެމްބްލީ ހުށަހަޅައިދިނީ މި ސްކޫލުގެ ގްރޭޑް 5ގެ ދަރިވަރުންނެވެ.  އުފެއްދުންތެރި ގޮތަކަށް ގެނެސްދިން މި އެސެމްބްލީގައި އެންމެ ޚާއްޞަ ކަމަކަށް އޮތީ، ތަފާތު އެކި ކަންކަމުގައި ބޭނުންކުރާ ހުވަދޫ ބަހުރުވައިގެ މުއްސަނދިކަން ހާމަކޮށްދޭ ހުށަހެޅުންތަކެއް އެކި ގްރޭޑްތަކުން ހުށަހެޅުމެވެ.  
މިގޮތުން، ހުވަދުއަތޮޅުގައި ބޭނުންކުރާ އެކި ބާވަތުގެ ނެށުންތަކުގެ ނަންތަކާއި، ބޭނުންކުރާ ތަކެތީގެ ނަންތައް ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ހުވަދޫ ބަހުރުވައިން ގެނެސްދީފައިވަނީ އެ ނެށުންތައްވެސް ދައްކައިދެމުންނެވެ.  
ދެވަނަ ޓާމުގެ ކިޔެވުން ފެށުން
    		<description>ކޮވިޑް 19ގެ ކޭސްތައް ތިނަދޫގައި އިތުރުވުަމާގުޅިގެން 2021-2022 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން،  2ހަފްތާ ވަންދެން ދާދިވަރުކޮށް  ކުރިޔަށް ގެންދިއުމަށްފަހު 6 ފެބްރުއަރީ 2022ން ފެށިގެން ދަރިވަރުން، ސްކޫލަށް ޙާޟިރުވެގެން ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށްވަނީ ނިންމާފައެވެ.  
 6